ކުއްލި ޚަބަރު

އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

ވީއައިއޭގެ އާ ޓާމިނަލުން މެލޭޝިއާ އެއަރލައިންސަށް ހިދުމަތް ދޭން ފަށައިފި

4،000 ފްލެޓަށް ޝަރުތު ހަމަވާ ލިސްޓް ނެރެފި

ހުޅުމާލޭގައި “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން އިމާރާތްކުރަމުންދާ 4000 ފްލެޓްގެ މަޝްރޫޢުއާ ގުޅޭގޮތުން، ކުރީގެ ސަރުކާރުން ޢާންމުކުރި ލިސްޓު މުރާޖަޢާކޮށް، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އައު ލިސްޓެއް ސަރުކާރުން ވަނީ ޢާންމުކޮށްފައެވެ.

މި އައު ލިސްޓުގައި ޖުމްލަ 1،820 ފަރާތަކަށް ފްލެޓް ލިބޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ:
– ތިން ކޮޓަރީގެ ފްލެޓަށް ޝަރުޠު ހަމަވާ 1،423 ފަރާތް
– ދެ ކޮޓަރީގެ ފްލެޓަށް ޝަރުޠު ހަމަވާ 397 ފަރާތް

އިތުރު ތަފްޞީލުތަކުގެ ތެރޭގައި:
– 2،695 ފަރާތެއްގެ ފޯމު ޝަރުޠު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައި
– 424 ފަރާތެއް، ޕޮއިންޓަށް އައި ބަދަލާ ގުޅިގެން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުން ވަނީ އުނިވެފައި

މީގެ އިތުރުން، ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސަބަބުތައް ވެސް މި ލިސްޓުގައި ހިމަނާފައިވާކަން ފާހަގަކުރަމެވެ.

https://www.gazette.gov.mv/iulaan/330304

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވްސް ޓޫރިޒަމް އެވޯޑް: 8 ފެސިލިޓީއަކަށް 10 އެވޯޑެއް

އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފި

މިހާތަނަށް 641 ފަރާތަކުން ބާ ކައުންސިލުގެ އިމްތިޙާނު ފުރިހަމަކޮށްފި

މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ބަލްކް ޝިޕްމަންޓެއް ރާއްޖެ ގެނެސްފި

TTH_advertisement