ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާރުޓީއެލް ފެރީ ސްޓޮޕްތައް ލޯކަލް ގަވާމެންޓް މިނިސްޓްރީއާ ހަވާލު ކޮށްފި

Wq

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފެރީ ސްޕޮޓްތައް، ސިޓީސް، ލޯކަލް ގަވާންމެންޓު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ވިލާ ކޮލެޖުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިޓީސް މިނިސްޓްރީގެ ފަރާތުން މި ކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ސޮއި ކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ މަރިޔަމް ޝަހާމާ މުޙައްމަދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ޖެނެރަލް މެނޭޖަރު އަލީ ވާފިރެއެވެ.

މިނިސްޓްރީ މެދުވެރިކޮށް ކައުންސިލްތަކާ މިއަދު ހަވާލު ކުރީ ޖުމުލަ 12 ފެރީ ސްޕޮޓެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މިއަދު ސޮއި ކުރީ ހއ. ހދ. އަދި ށ. އަތޮޅުގައި މިހާތަނަށް ގާއިމު ކޮށްފައިވާ ހުރިހާ ފެރީ ސްޓޮޕްތައް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ އާރުޓީއެލްގެ ހިދުމަތް ރޯލްއައުޓް ޕްލޭން، އަވަސް ކޮށްގެން މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާ ކުރުން ކަމަށެވެ.

ރައްޔިތުންނަށް އުފާ ފާގަތި ކަމާއި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ފޮނި މީރުކަން ހޯދައި ދިނުމަށް ރައީސް ޑރ. މުއިއްޒު ކުރައްވައި މަސައްކަތްޕުޅު ފާހަގަ ކުރައްވާ މިނިސްޓަރު އަމީން ވަނީ އެ މަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދ. އަތޮޅާއި ފ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

RTL

އާރްޓީއެލްގެ ޚިދުމަތް ފ އަދި ދ.އަތޮޅުގައި ފަށަނީ

Ii

އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ