ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރާ ބިލް މަޖިލިހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރަން ލާޒިމްވާނެއެވެ.

ހޮޅުދޫ ދާއިރާގެ ޕީ.އެން.ސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު ފާސްކުރެވުނީ ރޯލްކޯލް ވޯޓަކުންނެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ގޮތުގައި، ވޯޓިންގ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ރޯލްކޯލް ވޯޓަކަށް ދާންޖެހުނީއެވެ. އެހެންކަމުން، މެންބަރުންގެ ނަން ވަކިވަކިން އިއްވައި، ބިލު ފާސްކުރުމާމެދު ފެނިވަޑައިގަންނަވާ ގޮތް ސާފުކުރެއްވިއެވެ.

މި ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސް ފާސްކުރުމާ ދެކޮޅަށް 9 މެންބަރުން ވޯޓު ދެއްވިއެވެ. ޕީ.އެން.ސީން ތްރީ-ލައިން ވިޕެއް ނެރެފައިވީ ނަމަވެސް، ބައެއް މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. މީގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހިމެނެއެވެ. އަދި ބައެއް މެންބަރުން ރަސްމީ ދަތުރުފުޅުތަކުގައި ތިއްބެވި އިރު، އަނެއްބައި މެންބަރުން ބަލިވެގެން ސަލާމުގައި ތިއްބެވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރެވުނެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދުވަސްވަރު އަލުން އެ އަދަދު ހަތަކަށް އިތުރުކުރެވުނެވެ. މިހާރު މި ބިލު ފާސްވުމާ ގުޅިގެން، އަނެއްކާވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް އަލީ ފަޒާދު

Majlis

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ އިސްލާހު ފާސްކޮށްފި

majilis

އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

nazim majilis

ކުށްވެރިން ސަލާމަތްވެވޭ ގޮތަށް ގާނޫނުގައި ހުންނަ ބާގަނޑުތައް ބަންދުކުރަންޖެހޭ: ނާޒިމް

TTH_advertisement