ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމަށް އެދި ހުށަހެޅި ވަގުތީ އަމުރުގެ އަޑުއެހުން މާދަމާއަށް ތާވަލުކުރެވިއްޖެ

Court

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މެންބަރުން ވަކިނުކުރެވޭނެ ކަމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރެތާވަލުކުރެވިއްޖެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދި ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީ އިޞްލާޙުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛު އަލީ ޙުސައިނެވެ. ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 11:00 އަށެވެ.

އަލްއުސްތާޛު އަލީ ޙުސައިން “މުޅިރާއްޖެ” އަށް މަޢުލޫމާތު ދެއްވިގޮތުގައި، މެންބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅުމާއި މެންބަރުން ވަކިކުރުން ހުއްޓުވުމުގެ ގޮތުން ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރު ނެރެދެއްވުމަށް އެދިފައިވަނީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މައުޟޫޢީ ގޮތުން ނިންމުމުގެ ކުރިން މެންބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ އަލުން އިންތިޚާބެއް ބޭއްވުމަށް ދައުލަތުން ޚަރަދުތަކެއް ކުރަންޖެހޭނެތީއެވެ.

އިތުރުން، މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައި ވަނިކޮށް، ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، އިތުރު ޤާނޫނީ މައްސަލަތަކެއް ނުކުމެދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުގެ މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވުނު އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމަވާފައެވެ. އަދި ދައުލަތުގެ އެދުމުގެ މަތިން ދަޢުވާއަށް ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި