ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމުގެ ބިލް ކޮމިޓީއަށް

B 8dcbtudqtdxrejamykpomlwy5

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

“ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީ.އެން.ސީގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާއެކު މި ބިލް ބަލައިގަނެވުނެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މިހާރުގެ ހަތް ފަނޑިޔާރުންގެ ބަދަލުގައި އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނަށް މަދުކުރުމެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު އޮނަހިރި އަދަދަކަށް ހެދުމަށްވެސް ބިލުގައި ހުށަހަޅާފައިވެއެވެ.

ބިލުގައި ހިމެނޭ އެހެނިހެން މުހިންމު ނުކުތާތަކުގެ ތެރޭގައި:
– ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ އިޖުރާއާތުތައް
– ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ކަނޑައެޅިފައިވާ މުއްދަތުތައް
– ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްފަހު ބާކީ ތިބޭ ފަނޑިޔާރުންގެ މަޤާމުތައް ދެމެހެއްޓުން

މި ބިލަކީ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ޝަރުޢީ ދާއިރާގެ އިޞްލާޙަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބިލު ހުށަހެޅުއްވި ފަރާތުން ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި