ކުއްލި ޚަބަރު

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ޤާއިމުކަމާއެކު ކުރިއަށްދާނެ: މިނިސްޓަރ ޚަލީލް

Large Thumb 1740466663279

އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ޤާއިމުކަމާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ދެއްވައިފިއެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ވާހަކަފުޅު ދައްކަވަމުން، ޑރ. ޚަލީލް ވިދާޅުވީ ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާއި އެންމެހައި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ޑރ. ޚަލީލް ފާހަގަކުރެއްވީ:

1. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކައުންސިލުގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ޤާއިމުކުރުން.
2. ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމުގައި ރާއްޖެއިން އަދާކޮށްފައިވާ އިސްދައުރު.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ދާއިރާތައް ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި:

– މިންތީގެ ހަމަހަމަކަން
– އެކަށީގެންވާ ބޯހިޔާވަހިކަން
– ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ބައިވެރިކުރުން އިތުރުކުރުން
– މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން

އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދީފައިވާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަގުނަ ގެއްލުން ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ޑރ. ޚަލީލު ފާޅުކުރެއްވިއެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށްދަނީ 24 ފެބްރުއަރީ އިން 4 އޭޕްރީލް 2025 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ދިވެހިރާއްޖެއަކީ 2023-2025 ދައުރަށް ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި

112

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

Main 20250806 125638

އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

Fuvahulah atoll maldives banner

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު މަރުވެއްޖެ

TTH_advertisement ELL Mobile Advertisement