ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރާނެ: ރައީސް

Img Md 202203061219111646551151.2051

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ރިޔާސީ ވަޢުދާ އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން ޑަބްލިޔުޑީސީތަކުގެ މެންބަރުންނަށް ރޯދަމަހުގެ އިނާޔަތް ޖަމާކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގަވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. މިގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، މި ދަފްތަރުގައި ހިމެނުމުން ބޭންކިންގ ނިޒާމުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން އެހީތެރިކަން ލިބުން ފަދަ ކަންކަން މިއަހަރު ތެރޭގައި ފަހިވެގެންދާނެއެވެ. އަދި މަސްވެރިންގެ އިތުރުން އެހެނިހެން ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ރޯދަ އިނާޔަތް ލިބެންޖެހޭ ކަމަށާއި، މިކަމަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

453750 70fcf7f4 c

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

ތެރަޕީތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

TTH_advertisement