ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން މިދަނީ ބޭހުގެ އަގު ތިރިކޮށް އިސްރާފު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުން: ރައީސް

Dsc 6230

ރައީސުލްޖުމްހޫރިއްޔާ ޑޔާ ޑރ. މުޙައްމަދު މުޢިއްޒު: އޭޕްރީލް 15 އިން ފެށިގެން ބޭހުގެ ދަތިކަން ފިލައި، ހުރިހާ ބާވަތެއްގެ ބޭސް ލިބެން ފަށާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ބޭސް އެކަށީގެންވާ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ފަށާނެ ކަމަށެވެ. ދ. މީދޫގައި ދެއްކެވި ވާހަކަފުޅުގައި ރައުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަކީ ބޭހުގެ އަގު ދަށްކުރުމާ ގުޅިގެން ބައެއް ވިޔަފާިޔަފާރިވެރިން ސަރުކާރަށް ދަތިކުރުމުގެ ގޮތުން ބޭސް އެތެރެކުރުން މަދުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެކެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި:

1. މާރިޗް 15 އާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ލިބެން ފަށާނެއެވެ.
2. އޭޕްރީލް 15 އިން ފެށިގެން އެހެނިހެން ހުރިހާ ބާވަތެއްގެ ބޭސް ލިބެން ފަށާނެއެވެ.
3. ސަރުކާރުން ބޭހުގެ އަގު ތިރިކޮށް، އިސްރާފު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
4. މި ބަދަލުތަކާ ގުޅިގެން އަހަރަކު 500 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންކުރެވޭނެއެވެ.

ރައީސް އަދި ވިދާޅުވީ، ސަރުކާރުން ކުރިއަށް އޮތްތަނުގައިވެސް “މެޑިކަލް މާފިޔާ” އަށް ބޭސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ރައްޔިތުންނަށް ދަތިވާ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް