ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫގައި ކޮމާޝަލް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާ ހަވާލުކޮށްފި

2 39

ދ. ކުޑަހުވަދޫގައި ކޮމާޝަލް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ. މި މުހިންމު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ.

މި ބަނދަރުގެ މައިގަނޑު އަމާޒަކީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކްސް ޚިދުމަތް ފޯރުކޮށްދިނުމެވެ. އެމްޕީއެލުން މި ބަނދަރު ތަރައްޤީކުރާއިރު، އެކި ބާވަތުގެ ވިޔަފާރި ޚިދުމަތްތައް ލިބޭނެ ގޮތަށް ފަރުމާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުރިމަގުގައި ކުޑަހުވަދޫގައި ބޮންޑަޑް ވެއަރހައުސްއެއް ގާއިމުކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަކީވެސް އެމްޕީއެލްގެ ވިސްނުމެއްކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކުޑަހުވަދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާބަން ސެންޓަރުތައް ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މި ބަނދަރު ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މިއީ އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކޮށްފައި ނުވާކަމަށެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަނދަރު ތަރައްޤީވުމުން އޭގެ ނަފާއާއި އިޤްތިޞާދީ ކުރިއެރުން ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެ ރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީ، ރަށުގައި އިތުރު ހައުސިންގ މަޝްރޫޢުތައް ހިންގާނެ ކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި