ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެޤައުމަކަށް ކަނޑައެޅި ސަފީރުންގެ ނަންތައް ދިރާސާކުރަން ކޮމިޓީއަށް

Large Thumb 1740376270186

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ އިސް ދިވެހި ޑިޕްލޮމެޓުން ބޭރު ޤައުމުތަކަށް ސަފީރުންގެ ގޮތުގައި ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި ގޮތުން:

1. އަޙްމަދު ސަރީރު (މ. ވެސްޓްސައިޑް) – މޮރޮކޯއަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ނޮން-ރެޒިޑެންޓް ސަފީރު
2. ފެލްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުއްރަޙީމް އަބްދުއްލަތީފް (ގ. ކަނޑިތޮޅިއާގެ) – ރަޝިޔާ ފެޑެރޭޝަނަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ނޮން-ރެޒިޑެންޓް ސަފީރު

މި ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅީފުޅު މަޖިލީހުގެ އިދާރީ މޭޒުން މިއަދުގެ ޖަލްސާގައި ކިޔައިދެއްވިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

މިހާރުވެސް އަޙްމަދު ސަރީރަކީ ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރެވެ. އަދި އަބްދުއްރަޙީމް އަބްދުއްލަތީފަކީ ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި