ދެކުނު ސަރަޙައްދުގެ ސްކޫލެއްގައި މަސައްކަތްކުރަމުންދިޔަ އަންހެން މުދައްރިސަކު، އެ ސްކޫލުގެ 8 ވަނަ ގްރޭޑުގެ ފިރިހެން ދަރިވަރަކަށް ނުރަނގަޅު ގޮތެއްގައި ބޭނުންކުރަން މަސައްކަތްކުރި މައްސަލައިގައި، އެ މުދައްރިސާ ވަޒީފާއިން ވަކިކޮށްފިއެވެ.
މި ބާވަތުގެ ޢަމަލުތަކަކީ ކުޑަކުއްޖަކާ ޖަޒުބާތީ ގުޅުމެއް ޤާއިމުކޮށް، އެ ކުއްޖާގެ އިތުބާރު ހޯދުމަށްފަހު ޖިންސީ ގޯނާގެ ޢަމަލެއް ހިންގުމަށް މަގުފަހިކުރުމެވެ. މިފަދަ ޢަމަލުތަކުގައި އާންމު ގޮތެއްގައި ކުއްޖާއަށް ފައިސާ ނުވަތަ އެހެނިހެން މާއްދީ އެއްޗެހި ދިނުމަށްފަހު ކުރާ ކަމެކެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެވުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މައްސަލައިގައި ހިމެނޭ މުދައްރިސާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އިތުރަށް ތަޙުޤީޤު ކުރަމުންދެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ކާކުކަން އަންގައިދޭ މަޢުލޫމާތާއި ރަށުގެ ނަން ފަދަ ތަފްޞީލީ މަޢުލޫމާތު ހާމަކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ކުޑަކުއްޖަކު މިފަދަ ގޮތަކަށް ބޭނުންކުރުމުގެ ކުށަށް 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކަނޑައެޅިފައިވެއެވެ. އަދި ކުއްޖާ އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު މި ކުށް ކޮށްފިނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ.
މިދިޔަ އަހަރުވެސް މިފަދަ މައްސަލައެއްގައި ސްކޫލު މުދައްރިސަކު ވަނީ ހައްޔަރުކޮށްފައެވެޮށްފައެވެ. އެ މައްސަލައިގައި އެ މުދައްރިސުގެ މައްޗަށް ދަޢުވާ ކުރުމަށް ކޯޓަށް ވެސް ފޮނުވިއެވެ.
ކިޔުންތެރިންގެ ހިޔާލު