ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމެއް މިއަހަރު ޤާއިމްކުރެވޭނެ: ރައީސް

1883549e F90a 4ed8 Bc26 4eda73e9cba3
ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، މިއަހަރު ނިމުމުގެ ކުރިން ދ. ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމެއް ޤާއިމްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ދ. ކުޑަހުވަދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް މިއަހަރު ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް މި ޚިދުމަތް ފުޅާކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުޑަހުވަދޫގައި މިއަހަރު ޑޮލަރު އޭޓީއެމް ޤާއިމްކުރެވުމުން އޭގެ ފައިދާ އެރަށާއި އެ ސަރަޙައްދުގެ އިޤްތިޞާދަށް ކުރާނެ ކަމަށެވެ.

ފާއިތުވި މަހު، ސަރުކާރުން ވަނީ އައްޑޫ ސިޓީ ހިތަދޫގައިވެސް ބީއެމްއެލްގެ ޑޮލަރު އޭޓީއެމެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ.

ބޭންކިންގ ނިޒާމުގެ ތެރެއިން ޑޮލަރު މާރުކުރުން ލާޒިމްކުރާ ޤާނޫނާއެކު ބޭރު ފައިސާގެ ދަތިކަމަށް ޙައްލު އަންނަން ފަށާފައިވާ ކަމަށާއި، ދައުލަތުގެ ރަސްމީ ރިޒާވަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވާ ކަމަށް ސަރުކާރުން ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުޑަހުވަދޫގައި ބީއެމްއެލް ގޮފި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 07 at 15.16.13

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓު ހޮވައިފި

Img md 202604070636161775568976.3138

ބީއެމްއެލްއިން އަމީނިއްޔާ ސުކޫލްގައި ސެންސަރ ކުލާހެއް ހުޅުވައިފި

ރައީސް ގެ ދެކަނބަލުން، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި