ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީން އެއް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފަށައިފި

Graemmwt5nviwvmlpamimtjmxdxfjicsjn4p5kxe

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމ، އެކަމުގެ ޕްލެޖްގައި ސޮއިކޮށްފިއެވެ.

މި މުހިންމު މަޝްރޫޢު ފެށުމުގެ ގޮތުން ކުޑަގިރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ މަޢުރޫފް ޖަމީލް ވިދާޅުވީ، “މިއީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޤައުމީ މުހިންމު މަސައްކަތެއް” ކަމުގައެވެ.

މީގެއިތުރުން، މި މަޝްރޫޢަށް ބޭނުންވާ ގަސް އުފެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ޤާއިމްކުރުމަށް ނިންމާފައެވެ. މި ނާސަރީގައި އުފައްދާ ގަސްތައް ހުޅުމާލޭގެ އިތުރުން އެރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދުމަށް ބޭނުންކުރެވޭނެއެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާގޮތުގައި، މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް