ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފި

Dsc 2619

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް އިމާރާތްކުރެވުނު އައު ޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާއެނބޫދޫއަށް ވަޑައިގެންނެވި ވަގުތުއެވެ. ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ޢިމާރާތް ޒިޔާރަތްކުރައްވާ ބައްލަވާލައްވާފައެވެ.

މި އައު ޢިމާރާތަކީ މާއެނބޫދޫ ސިއްޙީ މަރުކަޒުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ތަރައްޤީކުރެވުނު ޢިމާރާތެކެވެ. މި އައު ޢިމާރާތާއެކު އިތުރު 5 ޚިދުމަތެއް ވަނީ ތަޢާރަފުކުރެވިފައެވެ.

އައު ޢިމާރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ އިތުރުން، ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކްލިނިކެއް، މާބަނޑު މައިންނަށް ޚާއްޞަ ކްލިނިކެއް އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކްލިނިކެއް ހިމެނެއެވެ.

މާއެނބޫދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު 2023 ވަނަ އަހަރު ވަނީ ފެށިފައެވެ. މި މަޝްރޫޢަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް