ކުއްލި ޚަބަރު

ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާއްމުކުރާނެ: ރައީސް

މިނިސްޓަރ އިހުސާންގެ އިތުބާރު ރައްޔިތުންގެ މަޖިލީހުގައި ދެމިއޮތްކަން ކަށަވަރުވެއްޖެ

ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ދިވެހިރާއްޖެ ނޭޕާލް ބަލިކޮށް ފައިނަލަށް

ރައީސް ނިންމެވުމާ އެއްގޮތަށް އާރު.ޓީ.އެލް ދަތުރުތައް ހއ. ތަކަންދޫ އަދި ހއ. މާރަންދޫއަށް އަންގާރަ ދުވަހު ފަށާނެ

L 2023 05 11 121802 Tcw62eozps1dhuqagxlib4r5k78jvm3nfy9 En

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، އާރު.ޓީ.އެލް ފެރީ ސަރވިސްގެ ދަތުރުތައް ހއ. ތަކަންދޫ އަދި ހއ. މާރަންދޫއަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ފެށުމަށް ހަމަޖެހިއްޖެ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިޢުލާނުކުރައްވާފައިވާ ގޮތުގައި، އަންނަ އަންގާރަ ދުވަހުން ފެށިގެން އާރު.ޓީ.އެލް ފެރީ ސަރވިސްގެ ދަތުރުތައް ހއ. ތަކަންދޫ އަދި ހއ. މާރަންދޫއަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިޖްތިމާޢީ ވިއުގަތަކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ހއ. އިހަވަންދޫ – ހދ. ކުޅުދުއްފުށި ރޫޓުގައި ހއ. ތަކަންދޫ އަދި ހއ. މާރަންދޫ ހިމަނާފައިވާ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން މި ދަތުރުތައް ފެށުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް އެ ވުޒާރާއިން އިތުރަށް ވިދާޅުވިއެވެ.

ފާއިތުވި މަހު ތިލަދުންމަތީ އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ ރަމަޟާން މަހުގެ ކުރިން އާރު.ޓީ.އެލް ފެރީ ސަރވިސް ތަކަންދޫ އަދި މާރަންދޫއަށްވެސް ފޯރުކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަޝްރޫޢު ކުރިއަށްދަނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން، 6 ޒޯނަކަށް ބަހާލައިގެންނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށުނު ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދެވެއެވެ. މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް ވަނީ އާރު.ޓީ.އެލް ފެރީ ސަރވިސްގެ ޚިދުމަތުން ގުޅާލެވިފައެވެ. ދެން އެންމެ އަވަހަށް މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރ. އަދި ބ. އަތޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި މި ދެ އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން މި ޚިދުމަތް ފެށޭނެއެވެ.

ގުޅުންހުރި

0އ9

ށ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

Dsc 8094

ރައީސް މުޢިއްޒު ދ. ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި

Dsc 1265

މާއެނބޫދޫ ގައި 32 ހެކްޓަރުގެ ބިން ހިއްކަން ނިންމަވައިފި

392777 402172e3 C

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

Mulhi Raajje