ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދ. އަތޮޅު ހޮސްޕިޓަލްއަށް މުޅިން އައު އިމާރާތެއް

Dh Hospital Bingaa
ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިއްޖެއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޑަހުވަދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި ހޮސްޕިޓަލުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. 50 އެނދުގެ މި ހޮސްޕިޓަލުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 181 މިލިއަން ރުފިޔާއެވެ.

އައު ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރު، އަދި ޕްރައިވެޓް ރޫމްތަކުގެ އިތުރުން، މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. އަދި ކޯވިޑް-19 ފަދަ ބަލިމަޑުކަމުގެ ޙާލަތްތަކުގައި ހޮސްޕިޓަލުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީވެސް ހިމެނޭނެއެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން ލިބޭނެ ގޮތް ހަމަޖެހިފައިވެއެވެ. ހަކަތައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސޯލަރ ޕީވީ ސިސްޓަމެއް ޤާއިމުކުރެވޭނެއެވެ. އަދި ޕަވަރ ބެކަޕް ސިސްޓަމާއި، ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމުކުރެވޭނެއެވެ. އަދި ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓެއްވެސް ޤާއިމުކުރެވޭނެއެވެ.

މި އައު ހޮސްޕިޓަލް އިމާރާތް ޤާއިމުކޮށް ޚިދުމަތްދޭން ފެށުމުން، ޖާގައިގެ ދަތިކަން ޙައްލުވެ، ހޮސްޕިޓަލުގެ ގިންތިއާ އެއްގޮތަށް އެންމެހައި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. މީގެ ސަބަބުން ރަށުގެ އަދި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޞިއްޙީ ޚިދުމަތް ލިބިގަތުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް