ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކް އޮފް މޯލްޑިވްސް އިން ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ނިންމައިފި

1711865516.17118655165587

ބޭންކް އޮފް މޯލްޑިވްސް  އިން ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް، އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ޚިދުމަތްތަކަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތަކާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ބްރާންޗުތަކަށް ޒިޔާރަތްނުކޮށް، ހުރިހާ ބޭންކިންގ ޚިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. މި އައު ބަދަލުތައް ތަންފީޒުކުރަން ފަށާނީ ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށެވެ.

ބީއެމްއެލްއިން އަލަށް ތަޢާރަފުކުރާ 6 ޚިދުމަތުގެ ތެރޭގައި ހިމެނެނީ:

1. އާންމު ފަރުދުންނަށް އޮންލައިންކޮށް އެކައުންޓް ހުޅުވުމުގެ ޚިދުމަތް
2. ވިޔަފާރިތަކަށް އޮންލައިންކޮށް އެކައުންޓް ހުޅުވުމުގެ ޚިދުމަތް
3. ހުރިހާ ބާވަތެއްގެ ލޯނު އަދި ފައިނޭންސްތަކަށް އޮންލައިންކޮށް އެދުމުގެ ޚިދުމަތް
4. ރާއްޖެއިން ބޭރުން އަންނަ 10,000 ޑޮލަރު ހަމައަށްގެ ފައިސާ ވަގުތުން ވެރިފައިކޮށް އެކައުންޓަށް ޖަމާކުރުމުގެ ޚިދުމަތް
5. ރާއްޖެއިން ބޭރަށް 5,000 ޑޮލަރު ހަމައަށްގެ ފައިސާ އޮންލައިންކޮށް ފޮނުވުމުގެ ޚިދުމަތް
6. ވިޔަފާރިތަކަށް ބިޒްނަސް ކާޑުން ނަގުދު ފައިސާ ނެގުމުގެ އަދަދު 200,000 ރުފިޔާއަށް އިތުރުކުރުން

މީގެ އިތުރުން، ބޭންކުން ވަނީ އިތުރު ޚިދުމަތްތަކެއް ތަޢާރަފުކުރުމަށް ރޭވިފައެވެ. މީގެ ތެރޭގައި ކަސްޓަމަރުންގެ ކާޑުތައް ގެއަށް ފޮނުވައިދިނުމާއި، އޮންލައިންކޮށް ކާޑު އެކްޓިވޭޓްކުރުމާއި ޕިން ބަދަލުކުރުމުގެ ޚިދުމަތް ހިމެނެއެވެ.

ވިޔަފާރިތަކރިތަކަށް އަމާޒުކޮށް، ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބަލައިގަންނަ ފައިސާ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުގައި ދިމާވާ މައްސަލަތައް 1 ގަޑިއިރުތެރޭގައި ހައްލުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން މި ގެންނަ ބަދަލުތަކާއެކު، ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ގޭގައި ތިބެގެން ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިސްމާއީލް
ހެޔޮ ދުއާއާއި ސަލާމް ، ޑޮލަރު ލިބެޖާ މަ އޯކޭ
މ މޫސާ އަލީ
ސާބަހޭ ދިވެހިގައުމާއިގެން ކުރިޔައަށް އަހަރަމެން މިތިބީ ގައުމީ ބޭންކާއެކު ކުރިއަށް ބާރަށް ކުރިޔަށް
މ މޫސާ
އުފަލިން ފޮޅިއްޖެ، މިހަރުވާ އުދަގުުލުން ސަލާމަތްވާނެތާ ދޮއްތޯ ޝުކުރިއްޔާ މުއިޒް
ރ ރަހުމާން
ތިޙިދުމަތަކީ އެހެން ބޭންކުން މިހާރުވެސް ދޭޚިދުމަށް މާފަހަތުގައި ކަންނޭގެ ތިޔަ އުލުއްވަނީ

ގުޅުންހުރި

WhatsApp Image 2026 04 07 at 15.16.13

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓު ހޮވައިފި

Img md 202604070636161775568976.3138

ބީއެމްއެލްއިން އަމީނިއްޔާ ސުކޫލްގައި ސެންސަރ ކުލާހެއް ހުޅުވައިފި

8q

2024 ވަނަ އަހަރު ޓީޓިގެ މުއާމަލަތްތަކަށް ބޭނުންވާ ޑޮލަރަށް %50 އާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2024 ވަނަ އަހަރާ ބަލައިރު ބޮޑު ކުރިއެރުމެއް: ޝަރީފް

Shareef bml ceo

ފަތުރުވެރިކަމުގެ ސިނާއަތަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް