ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ކުޑަގިރި ޕިކްނިކް އައިލެންޑް ގައި ޤުދުރަތީ މާޙައުލު އިތުރަށް މުއްސަނދި ކުރުމަށް ޚާއްޞަ ހަރަކާތްތަކެއް

6bf03ec3 51c9 488e B16c F89816616541

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުނުތާ 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރަށުގެ ޤުދުރަތީ މާޙައުލު އިތުރަށް މުއްސަނދިކުރުމަށް ހިޔާލިބޭ ބޮޑެތި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މާލެ ސަރަޙައްދުގެ ރައްޔިތުންނަށް މުނިފޫހިފިލުވުމަށް ޚާއްޞަކޮށްގެން ތަރައްޤީކުރެވުނު ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވާލެވުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ކުޑަގިރި ބެލެހެއްޓުމުގެ ޒިންމާ އުފުލާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މުނާސަބަތާ ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް އަދި ޗެއަރމަން އަޙްމަދު ނާޞިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން ކުޑަގިރިއަށް ޒިޔާރަތްކުރައްވައި، ހިޔާދޭ ބޮޑެތި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަކީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއްކަން އެޗްޑީސީން ފާހަގަކުރައްވާފައިވެއެވެ.

އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި 2 އަހަރުގެ ތެރޭގައި 54,724 ފަތުރުވެރިން ކުޑަގިރިއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ގިނަ ފަތުރުވެރިން ކުޑަގިރީގެ ތަޖުރިބާއާމެދު ހިތްހަމަޖެހުން ފާޅުކުރާކަން އެޗްޑީސީން ފާހަގަކުރައްވާފައިވެއެވެ.

ކުޑަގިރިއަކީ ފަތުރުވެރިންނަށް އިތުރަށް ހިތްފަސޭހަ ތަޖުރިބާއެއް ފޯރުކޮށްދޭ ރަށަކަށް ހެދުމަށްޓަކައި އެޗްޑީސީން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ކުޑަގިރިއަށް ދަތުރުކުރުމާއި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށް ޚާއްޞަ ކައުންޓަރެއް ހުޅުމާލޭގައި ޤާއިމުކުރެވިފައިވެއެވެ. އަދި އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ޚިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށްވެސް އެޗްޑީސީން ނިންމާފައިވެއެވެ.

މީގެއިތުރުން، ކުޑަގިރީގައި ޚާއްޞަ ޑައިވް ސައިޓެއް ތަރައްޤީކުރުމަށްވެސް އެޗްޑީސީން ނިންމާފައިވެއެވެ. މި މަޝްރޫޢު ކުރިއަށްދާނީ އެޗްޑީސީ، އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 02 04 at 16.18.48

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް

hdc office

އެޗްޑީސީ ގުރުއާން ކުލާސްތަކުގައި ބައިވެރިވުމަށް ހުޅުވައިލައިފި، ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރޯދަ މާރުކޭޓުން ދިވެހިންނަށް ހިލޭ ގޮޅި ދޫކުރަން ފަށައިފި

އެޗްޑީސީގެ ސިލްވާ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި

TTH_advertisement