ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

392775 D0f28133 3

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭރ، އަދި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވައިފިއެވެ. ތަހުނިޔާ ފޮނުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ.

‎ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭރ އަށް ވަކިވަކިން ފޮނުއްވެވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ސެއިންޓް ލޫސިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

‎ސެއިންޓް ލޫސިއާ، މިނިވަންކަން އިއުލާންކޮށްފައިވަނީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

453750 70fcf7f4 c

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

ތެރަޕީތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

TTH_advertisement