ކުއްލި ޚަބަރު

ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރަން އެމްއެމްއޭއިން ނިންމައިފި

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަށް: ރައީސް 

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާރގެ މަގާމަށް އަމްޖަދު އައްޔަންކޮށްފި

1520333940

ޝަރުއީ ނިޒާމާ ގުޅޭ އިދާރީ މަސައްކަތްތައްް ކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަގާމަށް އައްޔަންކުރީ އަމްޖަދު މުސްތަފާ، މ. ރަންދޫވިލާ ކަމަށެވެ. ޖޭއެސްސީ އިން ބުނީ އަމްޖަދު އަކީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެ އެންމެ މަތިން މާކްސް ލިބުނު ފަރާތް ކަމަށެވެ.

ޖޭއެސްސީ އިން މި މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ މަގާމުގައި ހުންނެވި އާއިޝަތު ރިޒްނާ ސެޕްޓެމްބަރު 10، 2024 އިސްތިއުފާ ދެއްވުމުންނެވެ.

މިވީ ދުވަސްތަކުގައި ޑީޖޭއޭގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޖޭއެސްސީގެ އިންްސްޕެކްޓާ ޖެނެރަލް މުހައްމަދު ޝުޖާއު އެވެ.

އަމްޖަދަކީ މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަން އަދި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރަން އެމްއެމްއޭއިން ނިންމައިފި

masverin

މަސްވެރިންނަށް މިމަހު ދޫކުރި ފައިސާގެ އަދަދު 30 މިލިއަނަށްވުރެ މަތީގައި

ލަންދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފި

ކްރިޕްޓޯއާ ގުޅުންހުރި ކުށްތައް ތަހުގީގުކުރުމަށް އިންޓަޕޯލްގެ ތަމްރީނު ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފި

ELL Mobile Advertisement TTH_advertisement