ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރަށް ދޭން ގާސިމް ހުރީ ތައްޔާރަށް

Qas

ސަރުކާރުން ބޭނުންވާނަމަ ކާޑެއްދޫ އެއާޕޯޓް އަނބުރާ ހަވާލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިލާ އެއާ ކުންފުނީގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވިލާގެ ފަރާތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ އެއާޕޯޓް ސަރުކާރާ ހަވާލުކުރެވޭނީ ދެ ފަރާތަށް ވެސް ގެއްލުމެއް ނެތް ގޮތަކަށް ކަމަށެވެ.

“ސަރުކާރުން ބޭނުންވެގެން މިވެނިހެން އެވެނިހެން ވިދާޅުވެއްޖިއްޔާ އަޅުގަނޑުމެން މިތިބީ އެ ފަރާތަށް ރީޒަނަބަލް ގޮތަކަށް ކަމަށް ވަންޏާ. އަޅުގަނޑުމެންނަށްވެސް ގެއްލުމެއް ނެތް ގޮތަކަށް ކަމަށް ވަންޏާ އެތަން އަޅުގަނޑުމެން ދޫވެސް ކޮށްލާ ގޮތަށް މިހުރީ،” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެންނެވި ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ގޮންޖެހުންތަކަކާއެކު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކާޑެއްދޫ އިންޓަނޭޝަނަލް ކުރުމަށް ކުރިމަތިވި ހުރަސްތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ރަށް އަތުލުމާއި ކޯޓުން ރަށް ހޯދުމަށް ކުރި މަސައްކަތް އަދި ރަށް ލިބުނުއިރު ދުނިޔޭގެ އިގުތިސޯދީ ހާލަތު އޮތް ގޮތް އޭނާ ފާހަގަކުރެއްވިއެވެ.

“އެކޮޅުން ހިއްކާ ރަންވޭ ހަދާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ދާން އަޅުގަނޑުމެންގެ ވިސްނުން އޮތީ. އެކަމަކު ސަރުކާރުން އިރުއިރުކޮޅުން އަޅުގަނޑުމެން އަތުން އަތުލާފަ. އިރުއިރުކޮޅުން ގޯނާކުރަންޏާ ކިހިނެތްތޯ އެކަން ކުރާނީ،” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވިލާ ކުންފުނިން ކާޑެއްދޫ އެއާޕޯޓްގެ ރަންވޭ މަރާމާތުކޮށްފައިވާނެ ކަމަށެވެ. އަދި ބޭނުންވަނީ ރަންވޭ ބޮޑުކޮށް އެ އެއާޕޯޓް މަރާމާތު ކުރަން ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ އެ އެއާޕޯޓް ހިންގަނީ ބޮޑު ގެއްލުމެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

TTH_advertisement