ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް މުޖާހިދު

Mujj

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އަހުމަދު މުޖާހިދު ހަމަޖައްސައިފިއެވެ.

މުޖާހިދު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އޭރުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ރިޓަޔާ ކުރުމާއި ގުޅިގެންނެވެ. މަޖީދިއްޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކުރީ މިދިޔަ މަހުއެވެ.

ތައުލީމީ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ހާސިލް ކުރައްވާފައިވާ މުޖާހިދު މި މަގާމަށް ހޮވިފައި ވަނީ ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިންނެވެ. އޭނާ ވަނީ މިއަދުން ފެށިގެން ވަޒީފާއަށް ނުކުންނަން ވައްޓަވާފައެވެ.

މުޖާހިދު މީގެ ކުރިން ހުންނެވީ ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް މަގާމުގައިވެސް ކުރު މުއްދަތެއް ހޭދަކުރައްވާފައެވެ.

މުޖާހިދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދަރަންދޫ ސްކޫލުގައި ފިޒިކްސް ޓީޗަރެއްގެ ގޮތުގައެވެ.

އޭނާ ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.  ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ފަހުން އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ. އަދި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައިވެސް ކިޔަވައިދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުދުހުދު
މުޖާހިދުއެވެ. ނާޝިދު އެވިދާޅު ވަނީ ހެޔޮ ވާހަކަފުޅެކެވެ. އަޚުލާޤު ރަނގަޅު ކުރަން ބޭނުންފުޅު ނަަމަ ޕްރިންސިޕަލްގެ ދަށުން ސްކޫލުގައި މުރުޝިދުލް އަޚުލާގެއް ނުވަތަ ޑިސިޕްލިންގ ބަލަހައްޓަވާ ޚާއްޞަ ސްޕަވައިޒަރެއް ބަހައްޓަވާ...ސްޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ޓީޗަރުން ކުރިޔަށް ގެންދަވަންވާނީ.
ނ ނާޝިދު
އަހުމަދު މުޖާހިދު އަށް މަރުހަބާ، ތިކަން ވާނެ މިޖާހިދުއަށް . ބުނާނެ ވާހަކައެއްނެއް ކުދިންގެ އަހުލަގު ރަގަޅުކުރެވޭތޯ ބައްލަވަތި، އެކަން މިގައުުން މަދުވަނީ މިހާރު
ސ ސަމީއު
ހައުދަހަ ޒުވަން ޕުރިންސިޕަލް އެއް ހީކުރީ ޕރިންސިޕަލް ވިއްޔާ ދުވަސް ވާންޖެހޭނެކަމަށް، ކުދިން ވަރު ޕުރިންސިޕްލް މިވަނީ ، ރަގަޅު ކުރާނެކަމަށް އުއްމީދުކުރަން

ގުޅުންހުރި

މަޖީދިއްޔާއަށް 99 އަހަރު ފުރުން ފާހަގަކުރަން ބޮޑު މާހެފުމެއް ބާއްވަނީ

i

މަޖީދިއްޔާ ސްކޫލަކީ އެންމެ ޝަރަފްވެރި ޢިލްމީ ބަގީޗާ: ރައީސް