ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ގުދަނަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ވަގަށް ނަގައިފި

2132އ2

ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ޔޫރޯގެ ގުދަނުން ވަގަށް ނަގާފައި ވަނީ 130 ކާޓަން ސިނގިރޭޓު ކަމަށެވެ. މިހާރު ސިނގިރޭޓް ވިއްކާ ރޭޓްތަކަށް ބަލާއިރު، ތިން ލައްކަ ރުފިޔާއަށްވުރެ މަތީގެ ގެއްލުމެއް އެ ކުންފުންޏަށް ލިބޭނެއެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެ މައްސަލައިގެ ތަފްސީލީ މައުލޫމާތު ފުލުހުން ހާމައެއްނުކުރެއެވެ.

މިދިޔަ ޑިސެމްބަރުން ފެށިގެން ސިނގިރޭޓުން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ ގުދަނަކުން ވެސް ވަނީ މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓް ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި

990

އޮޕަރޭޝަން އަލިގަމު: މަސްތުވާތަކެއްޗާއި ފައިސާތަކާއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

Fuvahulah atoll maldives banner

ފުވައްމުލަކު އަނިޔާވި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް އިންސްޓިޓިއުޓްތައް ގާއިމްކުރަނީ