ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް އުއްތަމަފަނޑިޔާރު ދެއްވައިފި

Mooo

ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދަ އިޝާރާތެއް ދެއްވީ އާ ގާނޫނީ ވަކީލުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.

“އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،” އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މުއުތަސިމް ވަނީ ގާނޫނީ ދާއިރާގައި 32 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

އެމަނިކުފާނު 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް  މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ) ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައި ވަނީ ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރއެއްގެ ގޮތުގައެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ލޯ ކޮމިޝަން އާއި ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބޯޑްގެ މެމްބަރެއްގެ ގޮތުގައި އެ މަނިކުފާނު މަސައްކަތްކުރައްވާފައިވެއެވެ.

2008 ވަނަ އަހަރު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން  އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް  އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހުށަހެޅުއްވިއެވެ. އަދި އެ މަޤާމަށް 10 އޮގަސްޓު 2010 ގައި އެ މަނިކުފާނު ޢައްޔަންކުރެއްވުމާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފަރު ގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

އިސްރައްވެހިންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފި

ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

ELL Mobile Advertisement TTH_advertisement