ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް އައްޑޫގައި ބަހައްޓައިފި

Gj7ll7dauaa5nwg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީގެ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފިއެވެ.

އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ޑޮލަރު އޭޓީއެމް ގާއިމުކުރުމަކީ އައްޑޫގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން، – ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ، އައްޑޫގައި ބެހެއްޓި ޑޮލަރު އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ހުރެއެވެ. އޭގެ ތެރެއިން އެއް އޭޓީއެމްއަކީ ސެލްފް ސާވިސް ބޭންކިން ހިދުމަތަށް ހާއްސަ މެޝިނެކެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަ މެޝިނެކެވެ.

ބީއެމްއެލް އިން ބުނީ، އައްޑޫއަށް ޑޮލަރު ހިދުމަތް ތައާރަފުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި އެ ކުންފުނިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި