ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ކުޑަގިރި ފަޅަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ސައިޓެއް ހަދަން ނިންމައިފި

3af4f451 8787 48a8 B6b5 91d700d26623

ކުޑަގިރި ފަޅަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ސައިޓެއް ހަދަން ނިންމައިފި އެވެ.

އެ މަސައްކަތް ކުރުމަށްޓަކައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެކުލަވާލި އީއައިއޭ ރިޕޯޓްގައި ބުނީ މިއީ އެމްްއެމްޕީއާރުސީއާއި އެމްޓީސީސީ އަދި ކުޑަގިރި ބަލަަހައްޓަމުންދާ އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން ކުޑަގިރި ކައިރިއަށް ފައްތާނީ ބާވެ “ޑީކޮމިޝަން”ކޮށްފައިވާ ދެ މަތިންދާ ބޯޓުކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެ ދެ ބޯޓު ފެއްތުމަށްޓަކައި އެ ސަރަަހައްދު ސާފުކޮށްފައިވާ އިރު ދެ ބޯޓު މިވަގުތު އޮތީ ތިލަފުށީގަ އެވެ.

އެހެންް ނަމަވެސް ބޯޓު ގެންގޮސް ފެއްތުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ޖިސްމާނީ ގޮތުންނާއި ސިއްހީ ގޮތުން ނުރައްކާވުމުގެ ފުރުސަތު އޮތުމުން އެކަމަށް ތައްޔާރުވެ މީހުން ތަމްރީންކުރަން އީއައިއޭ ރިޕޯޓްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަތިންދާބޯޓު ފައްތައިގެން ޑައިވް ސައިޓްތައް ފައްކާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އީޕީއޭގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ބަދަލުކުރައްވައިފި

K8syow847yftjbkxzwixdeos3oj9iy7r7gnyrzdi

ޔޮޓެއް ފަރަކަށް އެރުވުމުން ލިބުނު ގެއްލުންތަކަށް ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

121

ރަސްފަރި ފަރު އިއާދަކުރުމަށް ސަންގެލިން އެހީވާން އެއްބަސްވެއްޖެ

Vaalu

ވާލާއި ކާޅުގެ މައްސަލައަށް ހަލު ހޯދަނީ

TTH_advertisement