ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އދ. ހަންޏާމީދޫގެ ނަން ރަސްމީކޮށް ލިޔަންވީ ގޮތް އެ ރަށު ކައުންސިލުން ޢާންމުކޮށްފި

Big Dg1ifmvbdslqki9yog5zc01sq

އދ. ހަންޏާމީދޫގެ ނަން ރަސްމީކޮށް ލިޔަންވީ ގޮތް އެ ރަށު ކައުންސިލުން ޢާންމުކޮށްފިއެވެ.

އދ. ހަންޏާމީދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ވަނީ އެ ރަށުގެ ނަން ލިޔުމުގައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަދި އެކި ކުންފުނިތަކުން ތަފާތު ގޮތްގޮތަށް ލިޔަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށްފައެވެ.

މި މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން، ކައުންސިލުން ވަނީ ހަންޏާމީދޫގެ ނަން ދިވެހި އަދި އިނގިރޭސި ބަހުން ލިޔަންވީ ރަސްމީ ގޮތް އަންގައިދީފައެވެ. އެގޮތުން:

– ދިވެހި ބަހުން: ހަންޏާމީދޫ
– އިނގިރޭސި ބަހުން: HANGNAMEEDHOO

މީގެއިތުރުން، ކައުންސިލުން ވަނީ މިއީ “ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން” ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތް ކަމަށްވެސް ފާހަގަކޮށްފައެވެ.

މި އިޢުލާނާ ގުޅިގެން، ކަމާބެހޭ އެންމެހައި ފަރާތްތަކުން ހަންޏާމީދޫގެ ނަން ލިޔުމުގައި މި ރަސްމީ ގޮތަށް ޢަމަލުކުރުމަށް އެކައުންސިލް އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement