ކުއްލި ޚަބަރު

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

ރަސްފަންނާއި ސަލްޓަން ޕާކުގެ ކުރީގެ ރީތިކަމާއި އާރޯކަން އަލުން އިޔާދަކުރައްވާނެ

Large Thumb 1739540434273

މާލޭގެ ރަސްފަންނާއި ސަލްޓަން ޕާކުގެ ކުރީގެރީތިކަމާއި އާރޯކަން އަލުން އިޔާދަކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ވާހަކަފުޅު ދެއްކެވީ އިޖްތިމާޢީ މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރަސްފަންނާއި ސަލްޓަން ޕާކަކީ މީހުން ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިދޭ ދެ މުހިންމު ތަނެވެ. އެހެންނަމަވެސް، މި ދެ ތަން ވަނީ މިހާރު ވީރާނާވަމުންނެވެ.

 

މި ޙާލަތު ރަގަޅު ކުރުމަށްޓަކައި، ރައީސް ވަނީ މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށާއި، ކުރިއަށްވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، ރަސްފަންނާއި ސަލްޓަން ޕާކަކީ ރައީސް މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ތަރައްޤީކުރެއްވި ތަންތަނެވެ. ނަމަވެސް، އެކަށީގެންވާ މަރާމާތާއި ބެލެހެއްޓުމުގެ އުނިކަމުގެ ސަބަބުން މި ދެ ތަން ވަނީ ބޮޑުތަން ހަލާކުވެފައެވެ. މިސާލެއްގެ ގޮތުން، ސަލްޓަން ޕާކުގެ ފެންއަރުވާ ވަޑާމާއި ސިޑިތައް ވަނީ ބޮޑުތަން ގެއްލުންވެފައެވެ. އަދި ރަސްފަންނުގައި އިށީނދެ އުޅުމަށް ބެހެއްޓިފައިވާ އަށިތައްވެސް ވަނީ ވީރާނާވެ ހަލާކުވެފައެވެ.

މި ދެ ތަނަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތަކުން ހަވީރު ވަގުތުތަކުގައި މުނިފޫހިފިލުވުމަށް ޒިޔާރަތްކުރާ ތަންތަން ކަމުގައިވުމާއެކު، މި ތަންތަނުގެ ޙާލަތު ރަނގަޅުކުރުމަކީ ގިނަ ބައެއްގެ އެދުމެކެވެ. ރައީސްގެ މި އިޢުލާނާއެކު، މި ދެ ތަނުގެ ކުރީގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ގިނަ ބައެއްގެ އުންމީދު ބޮޑުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

8ް0999999999

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

398171 f8751cf9 9

އެސްއޯއީތަކާ ބައްދަލުކޮށް މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މަޝްވަރަކުރައްވައިފި

72999222536383

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

TTH_Advertisement MTCC Advertisement