ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޕީއެންސީން މެންބަރުންގެ ދަފްތަރު ބެލެހެއްޓުން ހަރުދަނާކުރަން ރައީސް އަންގަވައިފި

1. Dhivehi News Website Feature Image Size 53

ޕީއެންސީން މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރަން ރައީސް އަންގަވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އެންގެވުން އައިސްފައިވަނީ އެ ޕާޓީގެ ދަފްތަރާމެދު ބޮޑެތި ސުވާލުތަކެއް އުފެދި، އިލެކްޝަންސް ކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ޕާޓީއަށް ފޯމު ފުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުގައި ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އޭނާއަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވެފައިވުން ހިމެނެއެވެ.

ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޕާޓީގެ މެންބަރޝިޕް ޑްރައިވްއަށްފަހު ދަފްތަރާމެދު އުފެދިފައިވާ ޝަކުވާތަކާ ގުޅިގެން، މައްސަލަ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތައް ޕާޓީގެ ފަރާތުން ބަލަމުންދާ ކަމަށެވެ. އަދި ދަފްތަރުގެ ސައްޙަކަން ކަށަވަރުކުރުމާއެކު، ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ރައީސް މުޢިއްޒު އަންގަވާފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ދަފްތަރުގައި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނެތުމާމެދު ޝަކުވާއެއް އޮތްނަމަ، އެކަން ހުށަހެޅުމުން އެކަމަށް ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް ޕާޓީން އަންގާފައިވެއެވެ.

މި ފިޔަވަޅުތަކަކީ ޕީއެންސީގެ މެންބަރޝިޕް ދަފްތަރުގެ ސައްޙަކަމާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދާރީވުމަށާއި، ޕާޓީގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

453750 70fcf7f4 c

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

DSC09861

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

TTH_advertisement