ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދު ހަރުދަނާކުރުމަށް ރައީސް ހުށަހެޅުއްވި އެޖެންޑާއަށް މަޖިލީހުގެ ރުހުން ހޯދަނީ

Okpcvvesoaya5woxdockqjyqq8yn5i12ermpl8qc

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދު ހަރުދަނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެޖެންޑާ ކުރެވިއްޖެއެވެ.

މި އަހަރާއި އަންނަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމަވައި، އެކަން ޙާޞިލުކުރުމަށްޓަކައި ރައީސް މުޢިއްޒު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 23 ވަނަ ދުވަހު ވަނީ ސިޔާސަތުތަކެއް އިޢުލާނުކުރައްވާފައެވެ.

މި ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ އިޞްލާޙީ އެޖެންޑާއަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އޮފީހުން ފޮނުވާފައިވާ މައްސަލަ، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވެއެވެ. އަދި މި މައްސަލައާމެދު ގޮތެއް ނިންމުމަށްޓަކައި ކޮމިޓީއަށް ފޮނުވުމަށްވެސް އެޖެންޑާގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް އިޢުލާނުކުރައްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:

1. ސިޔާސީ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައިން 2 އަހަރު ވަންދެން 10 އިންސައްތަ އުނިކުރެއްވުން.
2. ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން 50 އިންސައްތަ ނުނަންގަވާގޮތަށް ނިންމެވުން.
3. ބައެއް ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މުސާރަ 100,000 ރުފިޔާއަށްވުރެ މަތިވާނަމަ، އެ މުސާރަ 90,000 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް ކަނޑައެޅުއްވުން.

މީގެ އިތުރުން، ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައިންވެސް ބައެއް އުނިކުރެއްވުމަށް ރައީސް އެދިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

Y Yaami
Varah r ragalhu kameh

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް