ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަތޮޅު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރަން ވިލިނގިލީ ރައްޔިތުން އަޑުއުފުލައިފި

Wswsss

ގއ. އަތޮޅު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމަށް އެ ރަށު ރައްޔިތުން އަޑުއުފުލައިފިއެވެ.

އެރަށު ރައްޔިތުން މިފަދަ އިހްތިޖާޖެއް ބޭއްވީ ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދި ފާތިމަތު ޝިއުނާ އާއި އޭނާގެ ދަރިފުޅު މަރުވި ހާދިސާއާ ގުޅިގެންނެވެ. އެ ރަށު ރައްޔިތުން ތުހުމަތު ކުރަނީ އެއީ އެ ހޮސްޕިޓަލްގެ އިހުމާލުން ހިނގި ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި އިހްތިޖާޖުގައި ޝިއުނާގެ ފިރިމީހާ ޝިފާޒް ޒާހިރު ބުނީ އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ހައްގުގައި ވެސް އެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

އޭނާ ބުނީ ދެވަނަ މީހަކަށް އެފަދަ ކަމެއް ތަކުރާރުވާން ބޭނުންނުވާ ކަމަށެވެ.

އިހްތިޖާޖުގެ ބައިވެރިން ވަނީ އެ ހޮސްޕިޓަލަށް ފެންވަރު ރަނގަޅު ޑޮކްޓަރުން ފޮނުވުމަށް ގޮވާލާފައެވެ.

“އަޅުގަނޑުމެން ބޭނުމެއް ނުވޭ އެތައް ފަހަރަކު ޓެސްޓު ހަދާ ފާސްނުވެގެން، އެންމެ ފަހުން ހަދާ ރީޓެސްޓުން ފާސްވެގެން ފޮނުވާ ޑޮކްޓަރެއް. ވަޒީފާ ނެތިގެން ސަލާން ޖަހަނިކޮށް ލިބުނު ވަޒީފާގައި ފޮނުވާ ޑޮކްޓަރެއް،” އިހްތިޖާޖްގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަދާ
ސިވިލް ސާރވިސް ކޮމިޝަނުން ނުބަލާ އިދާރާތަކުން ޒިންމާ އަދާ ކުރާ މިންވަރެއް. އެމީހުންގެ ޒިންމާ އަދާ ނުކުރާހާ ހިނދަކު މިނިސްޓްރީ އޮފް ހެލްތުގެ ސިވިލް ސާރވަންޓުން ޒިންމާ އަދާ ކުރާނެ ތޯ؟

ގުޅުންހުރި

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރުމަށް ޙަވާލުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

Izaam

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

ވިލިނގީލައި ވަޤުފް އިމާރާތެއް ބިނާކުރަން އެއްބަސްވުމުގައި ސޮއިކޮށްފި