ކުއްލި ޚަބަރު

ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ބައިވެރިވެއްޖެ, އަވަހަށް ވަޑައިގަންނަވާ

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ކުރިއަށްދަނީ

2023100187edef68aa5140e0929c65c8f62ae867 Chkhgee007007 20231001 Cbmfn0a001

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން މިއަދު ކުރިއަށްދާ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މަޢުލޫމާތު ދެއްވާ ފަރާތުން ވިދާޅުވި ގޮތުގައި، މިއަދު ބޭއްވޭ ބައި-އިލެކްޝަންގައި ހިމެނެނީ 2 ރަށެއްގެ ކައުންސިލް އިންތިޚާބާއި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ.

މި އިންތިޚާބުގައި ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ 9.17 އިންސައްތަ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުންނެވެ. އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މާލޭގައި ދިރިއުޅޭ ރަށްވެހިންނަށް ވޯޓުލުމަށް ޚާއްޞަކޮށްފައިވާ 4 ވޯޓު ފޮށި ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވެއެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނެވުނު އެންމެ ފަހުގެ އިޞްލާޙުގެ ދަށުން، ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. މި ގޮތުން، މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލް އިންތިޚާބާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުތަކަށް ހުޅުވާލެވުނެވެ.

އެހެންނަމަވެސް، 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުގެ ސަބަބުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބޭއްވުމަށް ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

Election commission

ސިޔާސީ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފި

ސިވިލް ކޯޓުގެ ހުކުމާއެކު ލޭބަރ ޕާޓީ އިއާދަކޮށްފި

990

ކައުންސިލް އިންތިހާބު މާޗް 28 ގައި ބާއްވަން ނިންމައިފި

TTH_advertisement