ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ރާއްޖޭން ކުށްވެރިކޮށްފި

Kkks
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ފަލަސްތީނުގެ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް އާބާދީތައް ގާއިމުކުރުމާއި ފަލަސްތީނުގެ ބިންތައް ހިފުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް އެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެކުރިން ވަނީ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ފަލަތަސްތީނުގެ ހައްގުގައި ހަރުއަޑުން ވަކާލާތު ކުރައްވާފައެވެ. އެމަނިކުފާނު ގެންދަވަނީ އިސްރާއީލުގެ ޒަޔަނިސްޓުންގެ ލާއިންސާނީ އަމަލުތަކާ ދިވެހީން ދެކޮޅުކަށް ސާބިތުކަމާއެކު ހާމަކޮށްދެއްވަމުންނެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުޜާނެ ކަމާއި އެއީ ބަދަލުވާނެ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އދ.ގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމަލާތައް ކުށްވެރިކުރުމަށްފަހު، ރާއްޖެއިން ގޮވާލީ އަލުން ސުލްހަ ގާއިމްކުރަން

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

ވަރލްޑް ގަވަރމަންޓްސް ސަމިޓަށް ޚާރިޖީ ވަޒީރު ދުބާއީއަށް

ވިސާއާ ނުލައި އަޒަރުބައިޖާނަށް 90 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ