ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބާވަތެއްގެ އުނިކަމެއް އަތުވެދާނެ ކަމަކަށް ފުރުޞަތު ނުދެއްވާނެ: ރައީސުލްޖުމްހޫރިއްޔާ

L 173881614621esac

ދިވެހިރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބާވަތެއްގެ އުނިކަމެއް އަތުވެދާނެ ކަމަކަށް ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަޒުމް ކަނޑައަޅުއްވާފައެވެ. މި ވާހަކަފުޅު ރައީސް ދެއްކެވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް އަމާޒުކަމަށެވެ. މިކަން ޙާޞިލުކުރުމަށްޓަކައި ޤައުމީ ދިފާޢީ ބާރުތައް ހަރުދަނާކުރެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގެ ޚިދުމަތް ދެގުނަ ކުރެއްވުމަށް މަސައްކަތް ފައްޓަވާފައިވާކަމަށާއި، އިތުރު އުޅަނދުފަހަރާއި މަރުކަޒުތައް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން، ވައިގެ ދިފާޢީ ޤާބިލުކަން އިތުރުކުރެއްވުމަށް އެމް.އެން.ޑީ.އެފް އެއަރ ކޯ އުފައްދަވާފައިވާކަމަށާއި، ޑްރޯން ޓެކްނޮލޮޖީގެ ބޭނުން ހިއްޕަވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށްވެސް ސަރުކާރުން އިސްކަންދެއްވާކަމަށެވެ. މިގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައި ހުންނާނެކަމަށް ރައީސް ވަޢުދުވެވަޑައިގަތެވެ. އަދި މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ފުލުހުންގެ ޤާބިލުކަން އިތުރުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް