ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުޢިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވަވާނެ

Screenshot
Screenshot

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އިއްވަވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މާދަމާ ހެނދުނު 9:00 އަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މި ބަޔާން އިއްވަވާނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފަށާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހެއެވެ. މި ބަޔާނުގައި ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަންޖެހެއެވެ.

މާދަމާ ބާއްވާ ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި، އުއްތަމަ ފަނޑިޔާރާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި، އެހެނިހެން ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވި މައިގަނޑު ބައިތަކުގެ ތެރޭގައި ޤައުމުގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމާއި، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުން ހިމެނުނެވެ. މިއަހަރުގެ ބަޔާނުގައިވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސަރުކާރުގެ މުހިންމު ސިޔާސަތުތައް ހާމަކުރައްވާނެކަމަށް ބެލެވެއެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަސް ސަރުކާރުން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް މަޖިލިސް ވަނީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިލްޔާސް
މިއަހަރު ވާނެ އުއްމީދީ އަހަރަކަށް
ފ ފާއިޒް
އަބުދުއްރަހީމް ސާރ ނުފިލާފިއްޔާ ރަގަޅު
އ އިދުރީސް
އުއްމީދި ބާޔާނަކަށް ވާނެ
ަ ަައަލީ
ތިޔައީ ދިވެހިންގެ ރައީސް، ކުރިން ތިބީ ބައެއްމީހުންގެ ރައީސުން

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް