ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުވައްޒަފުންގެ ވަޒީފާ އަނބުރާ ދިނުމަށް ނިންމައިފި

384358 3 3c1812e6092ae46d0764e308981d1e3be97315ae Medium

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުވައްޒަފުންގެ ވަޒީފާ އަނބުރާ ދިނުމަށް ނިންމައިފިއެވެ.

ގެދޮރުވެރިކަމާއި ބިންވެރިކަމުގެ ސްކީމްތަކާ ގުޅޭ ޖިނާއީ ތަޙްޤީޤެއް ހިނގަމުންދާތީ، މިދިޔަ ޑިސެމްބަރު މަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަޒީފާއިން ވަކިކޮށް، ސަސްޕެންޝަނަށް ބަދަލުކުރެވުނު ބައެއް މުވައްޒަފުންގެ ވަޒީފާ މިއަދު އަނބުރާ ދީފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު “އެމްއެމް ޓީވީ” އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ސަސްޕެންޑްކުރެވުނު 15 މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް މިއަދު ވަޒީފާ އަނބުރާ ދެވިފައިވެއެވެ. މުވައްޒަފުންގެ ސަސްޕެންޝަނާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ހާމަކުރައްވަމުން ގެންދަވާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

އެޗްޑީސީގެ ތަޙްޤީޤު ފެށުނީ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހިންގުނު “ބިންވެރިޔާ” ސްކީމްގެ ދަށުން، ގޯތި ނުލިބޭ ފަރާތްތަކަށް ޤަވާޢިދާ ޚިލާފަށް ހުޅުމާލެއިން ގޯތި ދޫކުރި މައްސަލަ މިދިޔަ ޑިސެމްބަރު މަހު ހާމަވުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ބިންތަކެއް އަގުހެޔޮކޮށް ވިއްކުމާއި އަދި ވިނަރެސް ފްލެޓް ދޫކުރުމުގެ މައްސަލަތަކެއްވެސް ފާޅުވެގެން ދިޔައެވެ.

ގެދޮރުވެރިކަމުގެ ސްކީމްގެ ދަށުން ހާމަވި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ސަސްޕެންޑްކުރެވުނު ފަރާތްތަކުގެ ތެރޭގައި، އޭރު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ހިމެނެއެވެ. ސަސްޕެންޝަނުގައި ހުންނެވި މުއްދަތުގައި ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކާމެދު ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި، ބައެއް މައްސަލަތަކުގެ ޖިނާއީ ތަޙްޤީޤު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަވަމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިބުރާހިމް
މަރުހަބާ ހުރިހާކުދިންނަސް
ަ ައާދިލް
އިގޭ މާކުރީގައިވެސް ވަޒީފާ ބުރާނެނެކަން އެހެންތިވީ

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވައިފި