ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަޠަނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ދިވެހި ރައްޔިތުންގެ އެންމެ މުހިންމު ޤައުމީ ވާޖިބު: ރައީސް

Img Md 202402110937191707626239.9908

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، ވަޠަނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ދިވެހި ރައްޔިތުންގެ އެންމެ މުހިންމު ޤައުމީ ވާޖިބު ކަމުގައި ވިދާޅުވިއެވެ.

ހަމައެހެންމެ، ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރައްވައި، ޤައުމުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާފައެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ހިޖުރީ ސަނަތުން 1400 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހު (މީލާދީ 14 ޖޫން 1980) އެވެ. މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް، އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ (ޢަލީރަސްގެފާނު) ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމުގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުކުރެއްވި ޤައުމީ ބަޠަލުންގެ ހަނދާން އާކޮށް، އެ މާތް ބޭކަލުންގެ ޤުރުބާނީއަށް ޝުކުރުވެރިވުމެވެ. މިފަދަ ދުވަހެއް ފާހަގަކުރުމަކީ ޒުވާން ޖީލުތަކަށް ޤައުމީ ލޯބި އާލާކޮށް، ވަޠަނަށްޓަކައި ޚިދުމަތްކުރުމުގެ ރޫޙު އަށަގެންނެވުމަށް މަގުފަހިވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި