ކުއްލި ޚަބަރު

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އެމްއެމްއޭގެ 15 ސްކޮލާޝިޕް

ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތައާރަފުކޮށްފި

ފިއްލަދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

އައްޑޫ ހަންކެޑެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލަނީ މިއަންނަ ހޮނިހިރު ދުވަހު

394958 3 B03fc4da6a7f84f486fedb6af20fc4e38e1e11ca Large

އައްޑޫ ސިޓީގެ ހަންކެޑެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހު ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ހިތަދޫއާއި މަރަދޫ ގުޅުވައިދޭ މި ބުރިޖުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ ދިގުމިނުގައި 4 ލޭނަށް ތަރައްޤީކޮށްފައިވާ މި ބުރިޖަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

ބުރިޖުގެ މަސައްކަތް ނިމި، ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ނަމަވެސް، އިތުރު ޓެކްނިކަލް ސަރވޭތަކެއްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުން ބުރިޖު ހުޅުވުން ލަސްވެފައިވާކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިން ހާމަކޮށްފައިވެއެވެ.

ހަންކެޑެ ބުރިޖު ހުޅުވުމާއެކު، މިހާރު ހަންކެޑެ ހުރަސްކުރުމަށް ބޭނުންކުރާ ލިންކް ރޯޑްގެ އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ. އައްޑޫ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭގޮތަށް މުޅި މަޝްރޫޢަށް 1.19 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ހަންކެޑެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމަށެވެ. މިގޮތުން ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާވެސް އަޅާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީކުރެވޭނެއެވެ. މީގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލްގެ އިތުރުން 64 ސަރވިސްޑް އެޕާޓްމަންޓާއި 7 ބީޗް ވިލާ ހިމެނެއެވެ.

ހަންކެޑެ ބުރިޖު ހުޅުވުމަކީ އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށް ބެލެވެއެވެ. އަދި މި ބުރިޖު ހުޅުވުމާއެކު އައްޑޫ ސިޓީގެ ފަތުރުވެރިކަމަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

Hiii

އައްޑޫގައި އެކްސިޑެންޓެއް، ދެ ކުއްޖަކާއި މީހަކަށް އަނިޔާވެގެން ފަރުވާދެނީ

aik

ފުލުހުންގެ ސައިކަލެއްގައި ޖެއްސުމަށްފަހު، ފިލަންވެގެން ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލައިފި

112

ފިއްލަދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

ELL Mobile Advertisement TTH_advertisement