ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސ މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލާއި ބައްދަލުކުރައްވަވައިފި

Dsc 7377

ރައީސ މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މޮޅަދޫގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މޮޅަދޫ ސްކޫލްގައެވެ.

‎މި ބައްދަލުކުރެއްވުމުގައި، މޮޅަދޫ ކައުންސިލުން ވަނީ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މެދުކެނޑިފައިވުމާއި، ސްކޫލާއި ކައުންސިލް ޢިމާރާތުގެ ޖާގައިގެ ދަތިކަމުގެ އިތުރުން، ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައިގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން، ޞިއްޙީ މަރުކަޒު މަރާމާތު ނުކުރެވި ގިނަ އަހަރުތަކެއް ފާއިތުވެ ގޮސްފައިވުމާއެކު، ރަށަށް އައު ޞިއްޙީ މަރުކަޒެއްގެ ބޭނުންޖެހިފައިވާކަން މުއައްސަސާތަކުގެ ފަރާތުން ހިއްސާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިކުން ވަނީ، އައު ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓަކާއި ކުޑަކުދިންގެ ޕާކެއްގެ އިތުރުން، ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ރަށުގައި ޤާއިމުކުރަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މި ބައްދަލުވުމުގައި ކައުންސިލާއި އ.ތމ. ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި