ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ތަރައްޤީކޮށްދިނުމަށް ހުޅުވާލައިފި

1 4 1536x1152

ދިވެހިރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ހުޅުވާލައިފި

ދިވެހި ސަރުކާރުގެ މާލީ ވުޒާރާއިން ވަނީ ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ ޔުނިޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތްތައް ހޯދުމަށް ހުޅުވާލައިފައެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް އަދި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

މި މަޝްރޫޢުތައް ބަހާލެވިފައިވަނީ 4 ކެޓަގަރީއަކަށެވެ. އެއީ:
1. 50 ޔުނިޓަށްވުރެ މަދު (18 ރަށް)
2. 51 އާއި 150 އާ ދެމެދު (17 ރަށް)
3. 200 އާއި 250 އާ ދެމެދު (10 ރަށް)
4. 300 އަށްވުރެ ގިނަ (12 ރަށް)

50 ޔުނިޓަށްވުރެ މަދު ޔުނިޓް ތަރައްޤީކުރުމަށް ހުޅުވާލެވިފައިވަނީ ހަމައެކަނި ދިވެހި ކޮންޓްރެކްޓަރުންނަށެވެ. އެހެން ކެޓަގަރީތަކަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ކުރިމަތިލެވޭނެއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި އެންމެ ގިނަ ޔުނިޓް ތޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައި (2،000 ޔުނިޓް) އެވެ. އަދި އެންމެ މަދު ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އދ. ދިގުރަށުގައި (30 ޔުނިޓް) އެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ރާއްޖޭގެ އުތުރާއި ދެކުނުގައި ޖުމްލަ 40،000 ބޯހިޔާވަހިކަމުގެ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެކެވެ. މިކަމަށްޓަކައި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރެއިން 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޙައްލެއް ލިބި، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި