ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސައްކަތް ތަރުތީބު ކުރެވިފައިވަނީ ވަޢުދުތައް ފުއްދެވުމަށް އިސްކަންދީގެން: ރައީސް

Img 5248 (1)

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ދިއްދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލުން ވަނީ، އެ ރަށު އައިސް ޕްލާންޓާއި އިންޖީނުގޭގެ މަސައްކަތް ނުނިމި ލަސްވުމުގެ ކަންބޮޑުވުމާއި މީހުން ދިރިއުޅޭ ސަރަޙައްދުން އިންޖީނުގެ ބަދަލުކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށު ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތަކާއި ރަށު ކައުންސިލްގެ އިދާރާއަށް އައު ޢިމާރާތެއްގެ ބޭނުން ޖެހިފައިވުމާއި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުވެފައި ހުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ދިއްދޫ ހޮސްޕިޓަލާއި ސްކޫލަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ކުރަންޖެހިފައިވާ މަސައްކަތް މި ބައްދަލުކުރެއްވުމުގައި އެ މުއައްސަސާތަކުގެ ވެރިން ހިއްސާކޮށްދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނުގެ މަސައްކަތްޕުޅު ތަރުތީބު ކުރެވިފައިވަނީ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، އެ ކަންތައްތައް ފުރިހަމަކުރެއްވުމާއެކު ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފަހިކޮށްދެއްވުމަށްކަން ހާމަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދިއްދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ

muiz

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް