ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތީމުގައި ކައުންސިލް އިދާރާގެ އައު އޮފީސް ބިންގާ އަޅުއްވައި ދެއްވައިފި

Img 5023

އުތީމުގައި ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އުތީމަށް ވަޑައިގެން މި ދެ ތަނުގެ ބިންގާ އަޅުއްވައިދެއްވިއެވެ.

ވަކިވަކިން ބޭއްވުނު ރަސްމިއްޔާތުގައި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މިހާރު ބޭނުންކުރަމުންދާ ކައުންސިލް އިދާރާއަކީ ކަތީބުންގެ ޒަމާނުގައި އިމާރާތްކޮށްފައިވާ، ޖާގައިގެ ގޮތުން ވަރަށް ދަތި އިމާރާތެކެވެ.

އައު އިމާރާތުގައި ކޮންމެ ކައުންސިލަރަކަށް ވަކި އޮފީހަކާއި، ތަނަވަސް ބައްދަލުވުންތަކުގެ މާލަމެއް އަދި އިދާރީ މަސައްކަތްތަކަށް އެކަށީގެންވާ ޖާގަ ހިމެނޭނެއެވެ. މިހާރު އުތީމުގައި ފުލުހުންގެ ޚިދުމަތް ދެމުންދަނީ ކައުންސިލް އިދާރާގައި ޤާއިމުކޮށްފައިވާ ޕޮލިސް ޑެސްކަކުންނެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢެވެ. އައު މަރުކަޒާއެކު ފުލުހުންގެ ޚިދުމަތަށް މުވައްޒަފުން އިތުރުކޮށް، ރަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް