ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ދިފާއީ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާއެކު މަޝްވަރާކޮށްފި

Img 5041

ދިފާއީ ދާއިރާގައި އެކުވެރިކަން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ބޭއްވުނީ އިންޑިއާގެ ސަފީރު، އެކްސެލެންސީ ޖީ ބަލަސުބްރަމާނިއަން، ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު އޮނަރަބަލް ޣައްސާން މައުމޫނާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.

މި ބައްދަލުވުމަށްފަހު ދިފާއީ ވުޒާރާއިން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ދިފާއީ ރޮނގުން ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މީގެ އިތުރުން، އޮނަރަބަލް ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، އެ ޤައުމުގެ ދިފާއީ ވަޒީރު އޮނަރަބަލް ޝްރީ ރަޖްނަތު ސިންގ އާއެކުވެސް މިފަދا މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވެއެވެ.

ދިފާއީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ޚާއްޞަ ސަމާލުކަމެއް ދެވިގެން މަޝްވަރާކުރެވުނެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އިންޑިއާގެ އައު ސަފީރު، އެކްސެލެންސީ ޖީ ބަލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒަށް އެރުއްވީ މި މަހުގެ 6 ވަނަ ދުވަހު ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

ދިއްލީގައި ބާރުގަދަ އެއްޗެއް ގޮއްވައި ބަޔަކު މަރުވުން: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދިއްލީގެ ރެޑްފޯޓްގައި ބާރުގަދަ ގޮވުމެއް: 8 މީހަކު މަރުވެ 24 މީހަކު ޒަޙަމްވެއްޖެ

މުމްބާއީ ފެންބޮޑުވެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް

TTH_advertisement