ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކަށް އޮސްޓްރޭލިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސްގެ ޝުކުރު

382943 Acd20886 8

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް އޮނަރަބަލް ސަމާންތާ ޖޯއި މޮސްޓިން އޭ.ސީ. އަށާއި، ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އޮސްޓްރޭލިއާގެ ލީޑަރޝިޕްއަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިޒާމް އައުކުރައްވާފައެވެ. އަދި ގަވަރނަރ ޖެނެރަލްއާއި ބޮޑުވަޒީރުގެ ދުޅަހެޔޮކަމާއި ފާގަތިކަމަށާއި، އޮސްޓްރޭލިއާގެ ރައްޔިތުންގެ ސުލްޙަވެރިކަމާއި، ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގެންފައިވެއެވެ.

އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓްގައިވެސް މެސެޖެއް ޙިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް