ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްނޮލޮޖީއަކީ ފެންވަރު ރަނގަޅު ތަޢުލީމާއި ގުޅުވައިދޭ މުހިންމު ވަސީލަތެއް: ރައީސް

Img 4220

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ ފަދަ ޤައުމަކަށް ޓެކްނޮލޮޖީއަކީ ފެންވަރު ރަނގަޅު ތަޢުލީމާ ގުޅުވައިދޭ މުހިންމު ވަސީލަތެއް ކަމުގައެވެ.

ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހާ ގުޅިގެން، ރައީސް މުޢިއްޒު އެކްސް މެދުވެރިކޮށް ޙިއްޞާކުރެއްވި ޕޯސްޓެއްގައި، މިހާރު އެންމެ ކުރިއަރަމުންދާ އާޓިފިޝަލް އިންޓެލިޖެންސް، ވާރޗުއަލް ރިއަލިޓީ އަދި އީ-ލަރނިންގ ޕްލެޓްފޯމްތަކުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ. މި ޓެކްނޮލޮޖީތަކުގެ ސަބަބުން، ހުރިހާ ފަރާތްތަކަކަށްވެސް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުގެ ވެރިކަމުގައި ޓެކްނޮލޮޖީއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، ޑިޖިޓަލައިޒޭޝަންގެ ރޮނގުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށްވާ އެސްޓޯނިއާއަށް ފަހުން ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވެއެވެ.

އެސްޓޯނިއާގެ ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ، ތަޢުލީމީ ދާއިރާ ހިމެނޭގޮތަށް ސަރުކާރުގެ އެންމެހާ އިދާރާތައް، މި ފަސް އަހަރުގެ ތެރޭގައި ޑިޖިޓަލައިޒް ކުރައްވާނެ ކަމަށެވެ. މިއީ ޤައުމުގެ ތަރައްޤީއަށް އަޅުއްވާ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް