ކުއްލި ޚަބަރު

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ހުޅުމާލޭ ފޭސް އެކެއްގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފި

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

އިމްޕޯޓް އެކްސްޕޯޓުން އިތުރުވެ ރާއްޖޭގެ އިގުތިސާދަށް ހެޔޮބަދަލު: މިދިޔަމަހު ދައުލަތަށް 301 މިލިޔަން ރުފިޔާ ލިބުނު

275879 3 Fc04211906889e3c6be80be6dcabceb04e688b9b Medium

މިދިޔަ ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 301 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ނަމަވެސް މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 332 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 6.5 އިންސައްތަ ދަށް އަދަދެކެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު މި އަދަދު ވަނީ 5.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 13.7 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ސިންގަޕޯ، ޗައިނާ، އިންޑިއާ އަދި މެލޭޝިއާއިންނެވެ. މި ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

އެކްސްޕޯޓަށް ބަލާއިރު، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު 250 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު މި އަދަދު ވަނީ 116 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތް، ތައިލެންޑް، ވިއެޓްނާމް، ޖަރުމަނުވިލާތް އަދި ޖަޕާނަށެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަމަސް ދަޅެވެ. އެއީ ޖުމްލަ 48 މިލިއަން ރުފިޔާގެ އަގުހުރި މިންވަރެކެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިމްޕޯޓްގެ އަދަދު އިތުރުވެފައިވާއިރު އެކްސްޕޯޓްގެ އަދަދު ދަށްވެފައިވީ ނަމަވެސް، ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muizzu-councils

ރައީސް މަސައްކަތްކުރައްވަނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ހޯދައިދޭން: އާދަމް ޝަރީފް

K8syow847yftjbkxzwixdeos3oj9iy7r7gnyrzdi

ޔޮޓެއް ފަރަކަށް އެރުވުމުން ލިބުނު ގެއްލުންތަކަށް ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

372251 3 2b65be570381b1eaebeb8b3a28290ce1de256ecb large

ހަތް މަސް ދުވަހު އަރަނި ބަޖެޓެއް، ތާރީހީ ރެކޯޑެއް

378137 b81e16c0 7

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ELL Mobile Advertisement TTH_advertisement