ކުއްލި ޚަބަރު

ކުދިންނަށް ބުލީކުރަން ހިންގާ ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓު މެނޭޖަރު ހައްޔަރުކޮށްފި

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރަން ފުރުސަތުތަކެއް ހުޅުވާލައިފި

Img 7360
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖޭން ބޭރުގައި މަތީ ތައުލީމަށް ކިޔަވަން ފުރުސަތުތަކެއް މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތުތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ “ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް” ޕްރޮޖެކްޓްގެ ދަށުން ހުޅުވާލެވުނު ފުރުސަތުތަކެކެވެ.

މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފުރުސަތުތަކުގެ ދަށުން ބެޗެލާސް އަދި މާސްޓާސް ޑިގްރީ ހިމެނޭހެން ޖުމުލަ ހަތް ދާއިރާއަކުން އެއް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވަނީ ޝާއިއު ކުރެވިފައެވެ.

ޝައުގުވެރިވާ ފަރާތްތަކަށް މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ. އެޕްލިކޭޝަންތައް ބަލައިގަންނާނީ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓު ހިންގާ ހ. ޕަލްމޭރާގެ ތިން ވަނަ ފަންގިފިލާއިންނެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރައްވާފައިވަނީ، އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް ހަމަނުވާނަމަ އެ އެޕްލިކޭޝަން ބާތިލުކުރެވޭނެ ކަމަށެވެ. އެހެންކަމުން، ކޯހަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާއިރު ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރައްވާފައިވެއެވެ.

މި ފުރުސަތުތައް ހުޅުވާލުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މި ދާއިރާއިން ޤާބިލު ދިވެހި ޒުވާނުން އުފެއްދުމެވެ. މިފަދަ ފުރުސަތުތަކުން ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Guryvgbacaau6rz

ކޮޅުވެއްޓި ތަހުގީގު ކުރިއަށްގެންދާ ގޮތާ މެދު މޯޝާގެ ކަންބޮޑުވުން 

Gvpklfrwmaari f

އޭޖީ އޮފީހުގެ ވަކީލުންނާ ގުޅޭ ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި 

121

ވަގަށް ނެގި 69 ސައިކަލަކާއި 29 ފޯނު ފުލުހުން ހޯދައިފި

121

ރާއްޖެ ޓީވީން ފަތުރަނީ ދޮގު ޚަބަރު، އާ ޓާމިނަލްގެ ކަންކަން އިސްރާއީލްގެ ކުންފުންޏަކާ ހަވާލެއް ނުކުރަން: އެމްއޭސީއެލް

ELL Mobile Advertisement TTH_advertisement