ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނު އެއަރޕޯޓުގެ އަމަލީމަސައްކަތް ކުރުމަށް އެމްޓީސީސީ އާއީ ހަވާލުކުރަނީ

Dsc 8274 (1)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފައިނު އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ފެބްރުއަރީ މަހު އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ. މި މުހިންމު އިޢުލާން ކުރެއްވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފައިނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަވާނީ އެދުވަހު އިފްތިތާޙުކުރެއްވި ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް އެއްވެސް ހުރަހެއް ނާރާނެ ގޮތަށް، އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހޯއްދަވައިގެން ކަމަށެވެ. މި މަޝްރޫޢަކީ އެ ރަށާއި އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެއްކަމަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރެވޭ ފައިދާހުރި އިންވެސްޓްމަންޓަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެން އެ ރަށަށް ވަޑައިގަތުމަށް އުންމީދުކުރައްވަނީ އެއަރޕޯޓުގެ އިފްތިތާޙީ ރަސްމިއްޔާތަށްކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި ފައިނުގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަސައްކަތް ކައުންސިލް އިދާރާ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާއި ފައިނު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް