ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4435

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އިޢުލާނުކުރެއްވިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި:

1. ވަޑިންނަށް ރަހުނަކާ ނުލައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުން.
2. އިންނަމާދޫގައި މި ދާއިރާއަށް މީހުން ބިނާކުރުމަށް ޚާއްސަ މަރުކަޒެއް ތަރައްޤީކުރެއްވުން.
3. އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ ދިވެހިންނަށް އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުއްވުން.
4. ކައުންސިލްތަކަށް 20 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ދެވޭނެ ގޮތް ހަމަޖެއްސެވުން.

މީގެ އިތުރުން، އިންނަމާދޫގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި:

– 50 ޔުނިޓުގެ ހައުސިންގ މަޝްރޫޢެއް ހިންގެވުން.
– ސްކޫލަށް ޖާގަ އިތުރުކޮށް ވަސީލަތްތައް ޤާއިމުކުރެއްވުން.
– ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށް ޚިދުމަތްދޭ ވަގުތު އިތުރުކުރެއްވުން.
– ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެއްވުން.
– ގިރާ ސަރަޙައްދު ހިމާޔަތްކުރެއްވުން.
– ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރެއްވުން.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހުރިހާ މަޝްރޫޢުތަކެއް ދެ އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް