ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Img 4242

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުގެ ދަށުން ރަސްމާދޫ ކައުންސިލްގެ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފިއެވެ. މިއިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ.

މި ތާރީޚީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވިއެވެ. އަދި ދައުލަތުގެ އިސް ވަޒީރުންނާއި، ރަސްމާދޫ ކައުންސިލްގެ މެންބަރުންނާއި، ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދުވަހަކީ ރަސްމާދޫގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޚާއްޞަ ދުވަހެކެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރެވޭ 55 ކައުންސިލް އިދާރާގެ ތެރެއިން ރަސްމާދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަނީ މެލޭޝިއާގެ “ހެކްސްޓަރ ގްލޯބަލް” ކުންފުނިންނެވެ. މި މަޝްރޫޢުގެ ދަށުން އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކުގެ މަސައްކަތްވެސް ކުރިއަށްދަނީ މި ކުންފުނިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް